ads
ރައީސް ނަޝީދު
ޗެއާޕާސަންގެ މަގާމުގަ ހުންނަ މީހާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުން ރަނގަޅެއް ނޫން: ނަޝީދު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުރެގެން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަށާއި އެ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަކީ ވެސް ރަނގަޅެއް ކަމަށް މި ވަގުތު ޗެއާޕާސަން ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަށް ރިޔާސީ ޓިކެޓަށް ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހަޅަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާތީ އެކަމާ ގުޅިގެން ނަޝީދު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ޗެއާޕާސަންގައި އިނދެގެން ރިޔާސީ ރޭހަކަށް ނުކުތުމަކީ ރަނގަޅު ކަމެއް ގޮތުގައި އަޅުގަނޑު ނުދެކެން." އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ކޮންގްރެސް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޗެއާޕާސަންގެ ދައުރު ތެރެއިން ވާދަކުރުމަކީ ރަނގަޅު ކަމެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު ޗެއާޕާސަންގެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުވި ހިސާބުން ފެށިގެން ބައެއް ފަރާތްތަކުން އަންނަނީ ނަޝީދު ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ވެސް ބުނަމުންނެވެ. ނަމަވެސް ނަޝީދު ތަކުރާރުކޮށް އެ ތުހުމަތުތައް އިންކާރު ކުރައްވަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން އިންތިހާބުގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ފައްޔާޒު އެކަންޏެވެ. ނަމަވެސް، ކުރީގެ ރައީސް އިބޫ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވިއިރު، "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ވަނީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން، ސިޔާސީ ޕާޓީތައް ވެސް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، "ސިޔާސީ ޕާޓީތައް ރިފޯމް ކުރަން" އިސްލާހީ ހަރަކާތަކަށް ގޮވާލާފަ އެވެ. "ސިޔާސީ ޕާޓީތަކުގެ ރިފޯމަށް" ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމުގެ ތެރޭގައި:

ހުށައެޅުން

  • ޕާޓީތަކަށް ފައިސާ ލިބޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމާއެކު އެތެރޭގެ އިންތިހާބުގައި ހަމަހަމަ ފުރުސަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ޕާޓީ ހިންގަން ހުންނަ މީހާ ގައުމީ އިންތިހާބެއްގެ ޓިކެޓް ހޯދުމަށްޓަކައި ބާއްވާ ޕްރައިމަރީތަކުގައި ވާދަނުކުރެވޭގޮތަށް ކަނޑައެޅުމަށާއި، ލީޑަޝިޕާ މެދު ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ފުރުސަތު ހޯދުމަށާއި ލީޑަޝިޕުގައި ތިބޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށް

ނަތީޖާ

  • ސިޔާސީ ޕާޓީ ހަރަކާތް ހިންގުން ހަރުދަނާ ވެފައިވާ މިންވަރަށް ބަލާއިރު ޕާޓީތަކުން ފައިސާ ހަރަދު ކުރަނީ ޕާޓީ އާއި މެމްބަރުންގެ މަސްހަލަތު ހިމާޔަތް ކުރެވޭނެ ހަމަ އާއި އުސޫލުންތޯ ކަށަވަރުވެ، ޕާޓީ ހިންގުމުގެ ޒިންމާ އާ ހަވާލުވެ ތިބޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވުމާއި ޕާޓީގެ އެންމެ އިސް މަސްލަހަތަކީ އާންމު މެމްބަރުންގެ މަސްލަހަތުކަމަށް ވުމުން ޕާޓީ ހިންގާ މީހުން ޒިންމާދާރު ކުރެވި ޖަވާބުދާރީ ކުރުމަށް ފަސޭހަވެ ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެމްބަރުންކަން ކަށަވަރު ކުރެވި، ނަޒާހަތްތެރިކަން ލިބިފައިވާ މީހުންނަށް ސިޔާސީ ޕާޓީތަކުން ޖާގަ ލިބުން



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;