ads
ރޭގެ މުޒާހަރާގެ ތެރެއިން ކުރީގެ މަޖިލިސް މެމްބަރު ނަޝީދު ހައްޔަރުކުރަނީ
ރޭގެ މުޒާހަރާގައި ހިނގި ހަމަނުޖެހުމުގައި ފުލުހެއްގެ ލޯމަތި ފަޅައިގެންދިޔަ : ފުލުހުން
ނޫސްވެރިންގެ މިނިވަންކުރަން ގޮވާލި ރޭ ކުރި މުޒާހަރާގައި އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ލޮމަތި ފަޅައިގެން ދިޔަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ހައްޔަރުކޮށްފައިވާ ނޫސްވެރިން މިނިވަން ކުރުމަށާއި ނޫސްވެރިކަމުގެ ދިފާއުގައި ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ރައީސް މުހައްމަދު ނަޝީދާއި މާލޭ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ އިސް މެންބަރުންނާއި ޕީއެންއެފްގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެފައެވެ. 

މުޒާހަރާގެ ބައިވެރިންނަށް އަލިކިލަގެފާނު މަގުން އެއްވެސް ކޮޅަކަށް ނުދެވޭނެ ގޮތަށް ބަންދުކޮށްފައި ވަނިކޮށް،  ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މުޒާހަރާގެ ބައިވެރިން އަލުން މަޖީދީ މަގަށް ނުކުމެ، ޗާންދަނީ މަގާއި މަޖީދީ މަގުގެ ހަތަރު އަނގޮޅީގައި އިށީނެވެ. ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށް، ފުލުހުން ރައިޓް ގިޔަރާއި ޝީލްޑާއެކު ނުކުމެ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރި އެވެ. މި ކުރިމަތިލުން ހިނގިއެވެ. 

ފުލުހުން ބުނީ ރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުމެއްގައި ފުލުހެއްގެ ލޮމަތި ފަޅައިގެންގޮސް އަނިޔާވެފައިވާކަމަށެވެ. އަދި އަނިޔާވި ފުލުހަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;