ޕީއެންސީގެ މެމްބަރެއއްގެ ގޮތުގައި ހުންނެވި ނާޒިމް މަޖިލީހުގެ ނައިބް ރައީސް ކަމުން ވަކިކުރަން އެ ޕާޓީގެ ޕީޖީ ގްރޫޕުން ނިންމީ އިއްޔެ ހެނދުނުއެވެ. އަދި އެކަން ކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ މަައްސަލައިގައި ސޮއި ހަމަކޮށް މަޖިލިހަށް ވަނީ ވައްދާފައެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީ މަޖިލިސް މެމްބަރު މީގެ ކުރިންވެސް މަޝްވަރާކުރިކަމަށް ހަބަރު ފެތުރުނެވެ. އެހެންނަމަވެސް އޭރު އެވާހަކަތައް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ދޮގުކުރެއްވިއެވެ. އަދި ފުލުހުން ނާޒިމްގެ މައްސަލަތަކެއް ބަލަމުންދާކަމަށްވެެސް މީގެކުރިން އަޑުފެތުރުނެވެ. އެހެން ނަމަވެސް އެވާހަކަތައް ހޯމް މިނިސްޓާރު އަލީ އިހްސާން ވަނީ މީގެ ކުރިން ދޮގު ކުރައްވާފައެވެ.
ނާޒިމް މަޖިލީހުގެ ނައިބް ރައީސްކަމުން ވަކިކުރަން ޕީއެންސީން ނިންމިއިރު އިއްޔެ ހެނދުނު ހެނދުނާ އޭނާ ވަނީ ޕީއެންސީ މަޖިލިސް މެމްބަރުން ތިބޭ ވަޓްސް އަޕް ގްރޫޕުންވެސް ބޭރުކޮށްލާފައެވެ. އަދި އިއްޔެ އޭނާ ރިޔާސަތު ބެލެހެއްޓި މަޖލީހުގެ ޖަލްސާއަށް ޕީއެންސީގެ އެއްވެސް މެމްބަރެއް ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ އިއްޔެ ޖަލްސާ ޖެހުނީ ކެންސަލް ކުރާށެވެ.
މި ސަރުކާރުގައި ނުފޫޒު ގަދަކަމަށް ބެލެވޭ ނާޒިމް، އޭނާ ހިމެނިވަޑައިގެންނެވި މަޖލީހުގެ އެންމެ ބާރު ގަދަ ދެ ކޮމެޓީން މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަކިކުރުމުންނެވެ. ނާޒިމް ވަކިކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ (241) ކޮމެޓީންނެވެ. އެކޮމެޓީތަކުން ވަކިކޮށް އޭނާ އައްޔަންކުރީ މާގިނަ މަސައްކަތްތަކެއް ނޯންނަ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމެޓީއަށެވެ.
މަޖިލީހުގެ ނައިބް ރައީސްކަމުގެ މަގާމަށް ނާޒިމް އިންތިހާބު ކުރީ 28 މޭ 2024 ވަނަ ދުވަހު އެވެ. ނާޒިމަށް އެ މަގާމް ލިބިވަޑައިގެންނެވީ 80 ވޯޓު ހޯއްދަވައިގެންނެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަބުދުއް ރަހީމް އިންތިހާބު ކުރެއްވީ ވެސް 28 މޭ 2024 ވަނަ ދުވަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;