ads
ރޭ މުޒާހަރާއިން ލޫކަސް ހައްޔަރުކޮށްގެން ގެންދަނީ
ލޫކަސް ބަންދަށް 10 ދުވަސް، އިތުރު ދެމީހަކަށްވެސް މުއްދަތު ޖެހި
ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ރޭ މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރި ތިން މީހެއްގެ ބަންުދުގެ މުއްދަތު ޖަހާ ބާކީ ތިބި އެންމެން ފޫކޮށްލައިފިއެވެ.
Advertisement

ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން މާލޭގައި ކުރިއަށްދިޔަ މުޒާހަރާއިން ރޭ ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. 

އޭގެތެރެއިން ބަންދުގެ މުއްދަތު ޖެހީ އަލީ ޖުމާންގެ (ޑެތު)، ޝަމްއޫން ޖަލީލްގެ (ލޫކަސް) އަބްދު ﷲ ޝަރީފް އެވެ. 

އަލީ ޖުމާންގެ (ޑެތު) ބަންދަށް ޖެހީ 5 ދުވަހެވެ. ޝަމްއޫން ޖަލީލްގެ (ލޫކަސް) ބަންދަށް ޖެހީ 10 ދުވަހެވެ.  އަބްދު ﷲ ޝަރީފްގެ ބަންދަށް ވަނީ ތިން ދުވަސް ޖަހައިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;