ads
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ގެއްލުނު އެންމެން މަރުވެފައި އޮެއްވާ ފެނުނުކަމަށް ބުނެވުނީ އޮޅިގެން، ފެނުނީ އެކަކު: ޕޮލިސް
ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު 5 މީހަކު މަރުވެފައި އޮއްވާ ފެނިއްޖެކަމަށް ބުނެވުނީ އޮޅުމަކުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ފަސް މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެކަމަށް ބުނެ ފުލުހުން މީޑިއާތަކަށް މެސެޖު ފޮނުވީ މިރޭ 18:52 ގައެވެ. އަދި އޭގެ ފަހުން 19:04 ގައި މަރުވެފައިވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިންކަމަށް ފުލުހުން  ބުނެފައިވެއެވެ. 

އެހެންނަމަވެސް އެ މައުލޫމާތު ނޫސްތަކާއި މީޑިއާތަކުން ހާމަކުރިތާ އެއްގަޑިރަށްވުރެ ގިނަ އިރުވީފަހުން ފުލުހުން ވަނީ ޑައިވިންނަށް ދިޔަ ފަސް މީހުން މަރުވެފައި އޮއްްވާ ފެނުނުކަމަށް ބުނެވުނީ އޮޅުމަކުންކަމަށެވެ. 

" ކުށެއްގެ އިސްލާހު: މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުންންނެވެ." ފުލުހުން މީޑިއާތަކަށް 20:04 ގައި ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;