ads
ރައީސް ސާލިހް، ރައީސް ޔާމީން، ރައީސް ނަޝީދު
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މާދަމާ ރޭ ބާއްވަނީ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދު ﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެކުގައި ތިން ބޭފުޅުންގެ ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން ނިންމަވައިފި އެވެ.
Advertisement

ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ތިން ރައީސުންގެ ބައްދަލުވުން މާދަމާ ރޭގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ސިޔާސީ ތިން ވާދަވެރިން މިގޮތަށް އެކުގައި މިފަދަ ބައްދަލުވުމެއް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ. 

ޔާމީނާއި ސޯލިހު މި ވަގުތު ހުންނެވީ މާލޭގަ އެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ނަޝީދު މި ވަގުތު ހުންނެވީ ލ. އަތޮޅުގަ އެވެ. ނަމަވެސް، މާދަމާ އެ މަނިކުފާނު ވެސް މާލެ ވަޑައިގަންނަވާނެ އެވެ. 

ގައުމު ސަލާމަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ރައީސް އަބްދު ﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުންނަވަން ގޮވާލީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްްމާއިލްއެވެ. 

އޭނާ ވިދާޅުވީ ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭކަމަށެވެ. އަދި ހުރިހާ ރައީސުން އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަން ޖެހޭކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. 

ފައްޔާޒުގެ އެ ޕޯސްޓަށްފަހު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖަށް އެ މަނިކުފާނު ވެސް މަގުމައްޗަށް ނިކުންނަވާނެ ކަމަށެވެ. އަދި ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވުމުން ނަޝީދު ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގައި ކޮންމެ ދުވަހަކު މުޒާހަރާ ކުރާނެ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް ކޮންމެ ރެއަކު ވެސް އެމްޑީޕީންނާއި ޔާމީންގެ ޕީއެންއެފްއަށް ސަޕޯޓްކުރާ މީހުން ސިލްސިލާ މުޒާހަރާތައް ކުރަމުންދެ އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ރޭ ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ. މި މުޒާހަރާގައި ވެސް އެމްޑީޕީންނާއި ޔާމީންގެ ޕީއެންއެފްއަށް ސަޕޯޓްކުރާ މީހުން ފެނުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;