އޭނާ މިހެން ވިދާޅުވީ ކަރެކްޝަންގެ ވަޒީފާއާ ބެހޭ އޮނިގަނޑުގެ މައުލޫމާތު ހޯދުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ އިދާރާގެ އިސްވެރިންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ހަސަން ޒަރީރު ވިދާޅުވީ ގައިދީންގެ އަދަދު އިތުރުވެފައިވާއިރު، އެންމެ ބޮޑު ދަތިކަމަކީ ގައިދީންގެ ބޭސްފަރުވާގެ ކަންކަމަށް މާލެ ގެންނަން ޖެހުން ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 16 ވަރަކަށް މީހުން ކޯޓުތަކަށާއި ޑޮކްޓަރީ ފަރުވާއަށް މާލެ ގެންނަންޖެހޭކަން ޒަރީރު ފާހަގަކުރެއްވި އެވެ. ގައިދީންގެ ތެރޭގައި އެންމެ ގިނައީ ދަތާއި ލޮލަށް ފަރުވާކުރާ މީހުންކަމަށާއި އެހެންނަމަވެސް މާފުށީގައި އެކަމަށް ހާއްސަ ޑޮކްޓަރެއް ނުހުންނާތީ ހުރިހާ ގައިދީން ގެންނަން ޖެހެނީ މާލެއަށްކަންވެސް ޒަރީރު ފާހަގަކުރެއްވި އެވެ.
އެެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށް ކަރެކްޝަންސްގެ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި އެކަމާއި ގުޅޭ ކަރުދާސްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި އެތަން އަންނަ ޖޫން މަހު އޮޕަރޭޝަނަސް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަންވެސް ޒަރީރު ފާހަގަކުރެއްވި އެވެ.
ގައިދީން ތަންތަނަށް ގެންދިޔުމަށް ކޮންމެ ގައިދީއަކަށް ކަރެކްޝަން އޮފިސަރަކު ބޭނުންވާއިރު، އެކަށީގެންވާ މިންވަރަށް އޮފިސަރުން ނެތްކަމަށްވެސް ޒަރީރު ވަނީ ވިދާޅުވެފަ އެވެ.