ads
ޑެޕިއުޓީ ޕީޖީ އަލީ ސަމީރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަންކުރަން ޖޭއެސްސީން ލަފާ ދީފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދީފި އެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު ރިޓަޔާކުރައްވާތީ އެވެ.

އެމގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ފަނޑިޔާރު އަލީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ. 

މި ދެ ބޭފުޅުންނާ ވެސް އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ވަނީ ސަމީރު އެ މަގާމަށް އައްޔަންކުރަން ނިންމާފަ އެވެ. އަދި ސަމީރު އެ މަގާމަށް އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒަށް ވަނީ ލަފާ ފޮނުވައިފަ އެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރާނީ ޖޭއެސްސީންގެ ބައްދަލަވުމަކުން ފާސްނުކުރާ ނަމެއް ރައްޔިތުން މަޖލީހުގެ ތަޅުމަށް ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެންނެވެ.  

ސަމީރުވަނީ 2011 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ސަމީރު އިސްތިއުފާދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބަލަމަން ދަނިކޮށެވެ. އޭގެފަހުން ސަމީރު ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައެވެ. ސަމީރު ވަނީ އެ މަގާމުން 12 މެއި 2022އިން ފެށިގެން 28 އޮކްޓޯބަރު 2024 ފުރުއްވާފަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް