ads
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ސަލާމަތީ މަޖިލީހަށް ހުށައެޅި ހުރްމުޒް ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާކޮށްފި
ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފުގެ ގައުމުތަކާއި ޖޯޑަން އިން، އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ރާއްޖެއިން ކޯ-ސްޕޮންސާކޮށްފި އެވެ.
Advertisement

މި ގަރާރު ހުށަހަޅާފައިވަނީ އުރުދުން އަދި ގަލްފުގެ ގައުމުތައްކަމަށްވާ ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ. 

މިއީ ހުރްމުޒް ކަނޑުއޮޅި އާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ހައްގުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރެކެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ގަރާރު ދިވެހިރާއްޖެއިން ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭ ގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ، އާޗިޕެލަޖިކް ޤައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަނގުރާމައިގެ ސަބަބުން ގަލްފު ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ  ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ރާއްޖެއިން ބާރު އަޅަމުންދާ ކަމަށެވެ. 

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ ރައީސް އިބްރާހީމް އަޒީޒީ، ދައުލަތުގެ ޓީވީއަށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި މިހާރުވެސް އޮތީ އެ ގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި އާ ގާނޫނުގެ މަގުސަދަކީ "ދުޝްމަނުންގެ އުޅަނދުފަހަރު" އެ ކަނޑުއޮޅިން ދަތުރުކުރުން މަނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ

އެ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފައި ވަނިކޮށް އީރާނުން ވަނީ އެއީ އެމެރިކާއިން އެކުލަވާލާފައިވާ ސިޔާސީ މަގުސަދުތަކެއް އެކުލެވޭ އަދި ވަކި ކޮޅަކަށް ބުރަވެފައިވާ ގަރާރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.  

your imageހޮރްމުޒް ކަނޑުއޮޅިން ތެޔޮ ޓޭންކަރަކާއި ސްޕީޑް ބޯޓެއް ދަތުރުކުރަނީ: މި ކަނޑުއޮޅި މިހާރު ވެސް އީރާންގެ ސިފައިންގެ ބެލުމުގެ ދަށުގައި އޮތް ގޮތަށް ބާއްވަން އީރާނުން ދަނީ ގާނޫނެއް ހަދަމުން. - ފޮޓޯ: އޭއެފްޕީ


އީރާނުން ވަނީ އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި އީރާނަށް ހަމަލާ ދިނުމާ ގުޅިގެން ރައްދުގައި އެޅި ފިޔަވަޅުތަކުގައި ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އީރާނުން ހުއްދަ ދޭ އުޅަނދަކަށް ނޫނީ އެ މަގުން ދަތުރުކުރުން މަނާކޮށްފައި ވާއިރު އެއާ ހިލާފުވާ އުޅަނދުތަކަށް ދަނީ ހަމަލާ ވެސް ދެމުންނެވެ. މި ސަބަބާ ހެދި ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ. 

އީރާނާއި އެމެރިކާއާ ދެމެދު، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކެއް ބާއްވައި ހަމަލާތައް މެދުކަނޑާލި އިރު އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވައިފަ އެވެ. އެކަމަކު އެމެރިކާއިން އީރާންގެ ބަނދަރުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ނުގެންނާތީ އީރާނުން އަލުން ކަނޑުއޮޅި ބަންދުކުރީ އެވެ. 

މި ހަމަނުޖެހުންތަކުގެ ކުރިން، ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;