ads
ތިން ރައީސުންގެ ފަރާތުން އެކުލަވާލި ކޮމެޓީ
ތިން ރައީސުން އިއްތިހާދުން "މަގުޗާޓް" ހަދަން މާދަމާރޭ ބައްދަލުކުރަނީ
ތިން ރައީސުން އިއްތިހާދުން "މަގުޗާޓް" ހަދަން މާދަމާރޭ ބައްދަލުކުރަން ނިންމައިފިއެވެ.
Advertisement

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދުއާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިއްތިހާދުން "މަގުޗާޓު" އެކުަލަވާލުމުގެ ފުރަތަމަ ބައްދަލުވުން ބާއްވާނީ އެކަމަށް ތިން ރައީސުން ކަނޑައެޅި ޓީމުންނެވެ.

މިކޮމެޓީގައި ނަޝީދުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله އެވެ. ސާލިހުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ  މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޔާމީންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ  ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއި މާލެ ސިޓީގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު އެވެ.

މި ކޮމެޓީގެ މަަސައްކަތަކީ ތިން ރައީސުން އެކުގައި ކުރަން ނިންމި ހަރަކާތްތައް ރާވައި ހިންގުމެވެ. 

ތިން ރައީސުން ފުރަތަމަ ބޭއްވި ބައްދަލުވުމަށް ފަހު ތިން ރައީސުން  ސަރުކާރުން ފުރަތަމަ ހުށައެޅި ޑިމާންޑަކީ ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ވަގުތުން މިނިވަންކޮށް، އެ ނޫސްވެރިންގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތައް ހުއްޓާލުމެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;