ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ސީއިއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވީ އެ ކުންފުނިން އަމާޒުހިފާފައި ވަނީ އާ ވިޔަފާރިތަކުން ހޯދާ އާމްދަނީ 5 ޕަސެންޓަށްވުރެ އިތުރުކޮށް، 2030 ވަނަ އަހަރާ ހަމަޔަށް ދާއިރު، ސާފު ފައިދާ އެއް ބިލިއަނަށް އިތުރުކުރަން ކަމަށެވެ.
މިހާރު ކުންފުނީގެ ކުރިއެރުން ހުރި ގޮތަށް ބަލާއިރު، މި އަމާޒަށް އޭގެ ކުރިން ވެސް ވާސިލްވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ވަނީ އެ ކުންފުންޏަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެމުންދިޔަ ބޭހުގެ ވިޔަފާރި ސަރުކާރު ބޭސް ކުންފުނި ސްޓޭޓްފާމާ އަށް ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފަ އެވެ. މި ބަދަލާއެކު އެ ކުންފުނީގައި ހުރި ބޭސް ފިހާރަތައް ވެސް ސްޓޭޓްފާމާގެ ދަށަށް ގޮސް ކުންފުނީގެ ހަރަދުތައް ކުޑަ ވެެގެންދާނެކަން އެމްޑީ ޝިމާދު ފާހަގަ ކުރެއްވި އެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ.
ޝިމާދު ވިދާޅުވީ ބޭހުގައި އެސްޓީއޯ އިން ކޮންޓްރޯލް އޮތީ 25 ޕަސެންޓް ކަމަށާ، ނަމަވެސް މިއީ ދަތިކަމެއް ކަމަށާ އެހެންކަމުން މި ބަދަލާއެކު ކުންފުންޏަށް ފައިދާވާނެ އެވެ. އަދި ބޭސް ފިހާރަ ހިންގަން 750 މުވައްޒަފުން ތިބިއިރު މި ހުރިހާ މުވައްޒަފުންވެސް ސްޓޭޓް ފާމާއަށް ބަދަލު ވެގެންދާނެ އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯ އިން 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެސެންޝިއަލް އައިޓަމްތަކުގެ އެވައިލަބިލިޓީ 98 ޕަސެންޓަށް އިތުރު ކުރުމަކީ ވެސް އެ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ.
ޝިމާދު އިބްރާހިމް ވިދާޅުވީ ހިއްސާދާރުންގެ ހިޔާލު ލިބިގެން ތައްޔާރު ކުރި ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ އެއްގޮތްވާ ގޮތުގެ މައިން "އިވޯލް" ތީމުގެ ދަށުން ބަލަނީ މިހާރުހުރި ވިޔަފާރިތައް ކުރިއަރާނެ ގޮތެއް ބެލުމެވެ.
ޝިމާދު ވިދާޅުވީ މި ލަނޑުދަނޑި އަށް ހާސިލް ކުރަން ރާއްޖެ އަށް އެތެރެކުރާ މުދަލުން ބޮޑު ފައިދާއެއް ނެގުމުގެ ބަދަލުގައި 15 ޕަސެންޓުގެ މާޗިންއެއްގައި ބަހައްޓާނެ އެވެ.
މި އަހަރު އެސްޓީއޯގެ ހިއްސާއަކަށް ބަހަން ރޭ ނިންމީ 85ރ. އެވެ. މިއީ، ފަހުގެ ތާރީހެއްގައި އެންމެ ގިނަ އަދަދަކަށް ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމި ފަހަރުކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފަ އެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބުނުއިރު އެ ކުންފުންޏަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކާ އެކު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނު އިރު އެ ކުންފުންޏަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފަ އެވެ.
އޭގެ އިތުރުން، އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ 33 އިންސައްތަ އިތުރު ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.14 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ ކުއާޓަރުގައި އެ އަދަދުވަނީ 5.49 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;