އެކުންފުނިން މިގޮތަށް ފާސްކޮށްފައިވަނީ، މިރޭ ބޭއްވި އެކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. މިއީ، އެކުންފުނިން އާންމުކޮށް ހިއްސާ ވިއްކަން ފެށިތާ 25 އަހަރު ފުރޭ އަހަރުކަން އެސްޓީއޯއިން ފާހަގަކުރެ އެވެ.
މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި، 952،358 ހިއްސާ ތަމްސީލްކުރާ 253 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓުގެ ވޯޓުންނެވެ.
ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ހިއްސާދާރުންނާއި، ހިއްސާދާރުންގެ ޕްރޮކްސީން ބައިވެރިވެފައި ވެއެވެ. އެގޮތުން ޖަލްސާގައި ޖުމްލަ 263 ހިއްސާދާރުން ބައިވެރިވި އެވެ. އެއީ، ހާޒިރުވެގެން ބައިވެރިވި 176 ހިއްސާދާރުންނާއި ޕްރޮކްސީކޮށް ބައިވެރިވި 87 ހިއްސާދާރުންނެވެ.
އެސްޓީއޯގެ ސީއިއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިރޭގެ އަހަރީ އާންމު ޖަލްސާގަ
އެސްޓީއޯގެ ސީއިއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެ ކުންފުނިން އަމާޒުހިފާފައި ވަނީ އާ ވިޔަފާރިތަކުން ހޯދާ އާމްދަނީ 5 ޕަސެންޓަށްވުރެ އިތުރުކޮށް، 2030 ވަނަ އަހަރާ ހަމަޔަށް ދާއިރު، ސާފު ފައިދާ އެއް ބިލިއަނަށް އިތުރުކުރަން ކަމަށެވެ. މިހާރު ކުންފުނީގެ ކުރިއެރުން ހުރި ގޮތަށް ބަލާއިރު، މި އަމާޒަށް އޭގެ ކުރިން ވެސް ވާސިލްވެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;