އަލަށް ހޮވުނު ކައުންސިލް މެމްބަރުން މިއަދު ވަނީ ހުވާކުރައްވާފައެވެ. އަދި އާ ކައުންސިލުން އެމްޑީޕީގެ 4 ކައުންސިލަރަކުވަނީ މާލޭ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ޝައުގުވެރިކަން ފާޅުކުރި އެމްޑީޕީގެ ކައުންސިލަރުން
ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކުރި ބޭފުޅުން
ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ)
ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ)
މާފަންނު މެދު ދާއިރާ އައިޝަތު ހަނާ
މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ)
ކައުންސިލަރުންގެ މެދުގައި ނެގި ވޯޓަށް ފަހު އެމްޑީޕީން ނިންމީ މާލޭ ޑެޕިއުޓީ މޭޔަރަކަށް މީކާއިލް މުހައްމަދު ރިޔާޒު ނެރޭށެވެ. އެގޮތުން ކައުންސިލަރުންގެ މެދުގައި ނެގި ވޯޓުގައި އޭނާއަށް ވަނީ ހަތް ވޯޓް ލިބިފައެވެ. ދެވަނަ އަށް ދިޔަ ފާތިމަތު ޒަހިއްޔާ (ޒާޔާ) ލިބުނީ ފަސް ވޯޓެވެ. ދެން ތިބި ދެ ކައުންސިލަރުންނަށް ލިބުނީ ކޮންމެ މީހަކަށް ދެ ވޯޓްއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;