ނަން އަދި ހާމަނުކުރާ މި ފިލްމަކީ އަކްޝޭ އާއި ބަތަލާ ވިދްޔާ ބާލަން ދާދިފަހުން ޝޫޓިންގް ނިންމާލިކަން އިއުލާނުކުރި ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމެކެވެ.
އަކްޝޭގެ އެންމެފަހުން ރިލީޒްވި ކޮމެޑީ ފިލްމު "ބޫތް ބަންގްލާ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނައިރު އެކްޓަރުގެ އިތުރު ކޮމެޑީ ފިލްމެއް މި އަންނަ މަހު ވެސް ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ.
އެއީ ޑައިރެކްޓަރު އަހްމަދު ޚާންގެ ފިލްމު "ވެލް ކަމް ޓު ދަ ޖަންގަލް"އެވެ.
އަނީސްއާ އެކު އަކްޝޭ އިތުރު ފިލްމެއްގައި މަސައްކަތް ކުރަމުން އަންނައިރު މީގެކުރިންވެސް ދެ މީހުން އެކީގައި ވަނީ މަސައްކަތްކޮށްފައެވެ.
އެއީ ވިދިޔާ ބާލަން މުހިއްމު ރޯލެއް ކުޅުނު ފިލްމު "ބޫލް ބުލައްޔާ"އެވެ. މީގެއތުރުން "ވެލްކަމް"، "ސިންގް އިޒް ބްލިންގް" އަދި "ތޭންކް ޔޫ"އަކީ އަނީސްއާ އެކު އަކްޝޭ މަސައްކަތްކުރި މަގުބޫލު ފިލްމުތަކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;