ads
ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން
ލ. ލިންކް ރޯޑު އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ދައްކަން އަމުރުކޮށްފި
ލައިސަންސް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އެކަކު މަރުވެ އަނެކަކަށް އަނިޔާވި މައްސަލައިގައި ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައްޗަށް ޖަލު އަދަބެއް ކަނޑައަޅައި، އެއް މިލިއަން ރުފިޔާގެ ދިޔަ ދެއްކުމަށާއި 60 ދުވަހު ރޯދަ ހިފުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
Advertisement

2025 އޮގަސްޓް 15 ވަނަ ދުވަހުގެ ރޭ ލާމު ލިންކް ރޯޑުގައި ހިނގި މި ހާދިސާގައި، ސައިކަލުން ޖެހި ލ. މާވަށް / އެތުމާ، މަރްޔަމް މޫސާ ވަނީ ނިޔާވެފައެވެ. އަދި މަގު ހުރަސްކުރި އއ. ހިމަންދޫ / ގަލްފް، ޢަބްދުއްސަލާމް ޙުސައިންއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

މި މައްސަލައިގައި ނައުސާން ކުށަށް އިޢުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހަދާފައިވާތީ، ކޯޓުންވަނީ ޖަލު ހުކުމް ލުއިކޮށްދީފައެވެ. މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށަށް 3 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅި ނަމަވެސް، ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޛުކުރަން ޖެހެނީ 1 އަހަރާއި 9 މަހާއި 20 ދުވަހެވެ. މީގެ އިތުރުން ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 1,000,000 (އެއް މިލިއަން) ރުފިޔާ 36 މަސް ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

މީހަކަށް އަނިޔާއެއް ދިނުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ 9 މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް