ads
ސްކޫލު ދަރިވަރުންތަކެއް ސްކޫލުގެ ހެނދުނުގެ ނާސްތާގައި ބައިވެރިވަނީ-
ނާސްތާ ނުލިބޭކުދިންނަށް ކޮންމެދުވަހަކު ސަރުކާރުން ހިލޭ ނާސްތާދެނީ
ސްކޫލް ގަޑީގައި ނާސްތާ ލިބުން ދަތިވާ ދަރިވަރުންނަށް ސަރުކާރު ސްކޫލްތަކުން ހިލޭ ނާސްތާ ދޭންޖެހޭކަމަށް ގާނޫނުގައި ކަނޑައަޅަން ސަރުކާރުން މަޖލިހަށް ހުށައަޅައިފި އެވެ.
Advertisement

ސްރުކާރު ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ހިލޭ ނަސްތާ ދިނުމުގެ ޕްރޮގްރާމް ފެށީ މިދިޔަ ސަރުކާރުންނެވެ. އެހެންނަމަވެސް އެ ކަމުގައި ކޮރަޕްޝަންތައް ހުރިކަމަށް ބުނެ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެ މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ. 

މިދިޔަ ސަރުކާރުން ހިލޭ ނަސްތާ ޕްރޮގްރާމް ހިންގުމަށް ގާނޫނުގައި ހިމެނި ސަރުކާރުގެ ކޮންމެ ސްކޫލަކުން ހެނދުނު ނާސްތާ ފޯރުކޮށްދޭން ޖެހޭނަކަމަށް ބުނި މާއްދާ އިސްލާހުކުރަން މިއަދު ވަނީ ސަރުކާރުން ހުށައަޅާފަ އެވެ.

ސަރުކާރުގެ ފަރާތުން، ތަޢުލީމުގެ ޤާނޫނު އަށް އިސްލާހުތަކެއް ހުށައަޅުއްވާފައިވަނީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އެވެ. އޭނާ ގާނުނަށް ގެންނަ ހުށައެޅި އިސްލާހުގައި ވަނީ ސްކޫލް ގަޑީގައި ނާސްތާ ލިބުން ދަތިވާ ދަރިވަރުންނަށް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަހަމަ އުސޫލަކުން ސަރުކާރުގެ ކޮންމެ ސްކޫލަކުން ހިލޭ ނާސްތާ ފޯރުކޮށްދޭން ޖެހޭނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް