ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތުގައި އާ ދައުރަށް ކައުންސިލްތައް ހުވާކުރުމުން އަތޮޅު ކައުންސިލްތައް އުވުނީއެވެ. އެއާއި އެކު އަތޮޅުތަކުގެ ހިންގުން ހަވާލުވަނީ އެލްޖީއޭއާއެވެ.
މި ބަދަލާއި އެކު ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް އެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ލިޔުއްވާފައި ވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" އެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އެ ނިންްމުން ގާނޫނު އަސާސީއާ ހިލާފުކަމަށެވެ. އަދި ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އަތޮޅުގެ ރައްޔިތުން އިންތިހާބު ކުރާ މެންބަރުންކަަށް ސުއޫދު ވިދާޅުވިއެވެ. އަދި އެކަން ކުރި ބަޔާކާއި މެދު ދައުވާކުރަން ޖެހޭކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި އިސްލާހާ އެކު މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު އިއްޔެ އާ ކައުންސިލަރުން ހުވާކުރުމާއި އަތޮޅު ކައުންސިލްތައް ވަނީ އުވިގެން ގޮސްފަ އެވެ.
މިފަހުން ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވެންޓުންގެ ގޮތުގައި ވެސް ވަނީ ހަމަޖައްސާފަސއެވެ. ގާނޫނު ކުރިން އޮތް ގޮތުން އެލްޖީއޭގެ އިދާރީ މުވައްޒަފުންނަކީ އެލްޖީއޭގެ ސީއީއޯގެ ލަފައާ އެކު އެ އޮތޯރިޓީގެ ބޯޑުން އައްޔަންކުރާ ބައެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;