ads
ރައީސް ޑރ. މުއިއްޒު
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 18 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
Advertisement

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލް މިއަދު ފާސްވީ، ހާޒިރުވެވަޑައިގެން ތިއްބެވި 69 މެމްބަރުންގެ ތެރެއިން 59 މެންބަރުންގެ ވޯޓާއެކުގަ އެވެ.

މިފަދަ ބަދަލެއް ގެންނަން ނިމްމީ ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމުގައްޔާއި، މުވައްޒަފުންނާ ގުޅޭ އެނޫންވެސް ކަންކަމުގައި، ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމަށް ވަނީ އިސްލާހުގައި ބަޔާންކޮށްފަ އެވެ. އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން، މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންވާނެކަމަށް އިސްލާހުގައިވެ އެވެ.


ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވައިލައި، ފާސްކުރުމަށް ޓަކައި ސިވިލް ސާވިސް ކޮމިޝަނަށް އޮތޯރިޓީން ހުށަހަޅަން ވާނެ އެވެ. އަދި އެ ކޮމިޝަނުން 15 ދުވަހުގެ ތެރޭގައި އޮނިގަނޑު ފާސްކުރުމަށް، އަދި އެ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅައި ނިންމަންވާނެކަމަށް ވެސް މި ބިލަށް ހުށަހެޅުނު އިޞްލާޙުގައި ހިމަނާފައިވެ އެވެ.

ރަށްރަށާއި ސިޓީތަކުގައި ކައުންސިލްތަކުން ދިނުމަށް ގާނޫނުން މިހާރު ލާޒިމްކޮށްފައިވަނީ ކަރަންޓާއި ފެނާއި ފާހާނާ އަދި ނަރުދަމާގެ ހިދުމަތެވެ. އެ ލިސްޓަށް އަލަށް އިތުރުކުރީ ކުނި މެނޭޖުކުރުމުގެ ހިދުމަތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;