ads
ރައީސް މުއިއްޒާ މަޖިލިސްގެ ނައިބު ރައީސް ނާޒިމް
ނާޒިމް ވަކިކުރުމުގެ މައްސަލައިގެ ކޮމިޓީ މިއަދު ބަލަނީ
މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ބަލާ ކޮމެޓީން މިއަދު ބައްދަލުވުމެެއް ބާއްވަން ނިންމައިފިއެވެ.
Advertisement

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ ސަރުކާރު ހިންގާ ޕީއެންސީގެ 73 މެމްބަރުން ސޮޔާއިއެކު މަޖިލިހަށް ހުށައއެޅީ މިމަހުގެ 14 ވަނަދުވަހުއެވެ. 

ނާޒިމް މަގާމުން ވަކިކުރަން ހުށައެޅި ގަރާރާ ގުޅޭ ގޮތުން އާންމު ކޮމިޓީގެ ބައްދަލުވުމެެއް މިއަދު ހަވީރު ހަތަރެއްް ޖަހާއިރު ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އޮންނާނީ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކަވަން މެމްބަރުންނަށް ދޭނެ ވަގުތާއި އެ މައްސަލާގައި ނާޒިމު ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު ދޭނެ އަދަދާއި ވަގުތު ކަނޑައެޅުމެވެ. 

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅީ ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކުރާތީކަމަށް ޕީއެންސީ ވަނީ ބުނެފައެވެ. 

ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. އެހެންވެ، ނާޒިމް މަގާމުން ވަކިކުރެވޭނެ މިންވަރަށް ޕީއެންސީގައި މެމްބަރުން އެބަތިއްބެވިއެވެ. 

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކުރީ 28 މޭ 2024 ގަ އެވެ. 

ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;