ads
ކަނޑު އޮތްގިރިއަށް ބޮޑު ކަންނެލި ގަންނަން ފެށުން: ކިލޯއެއް ގަންނަނީ 25 ރުފިޔާއަށް - ފޮޓޯ/ ފިޝަރީސް މިނިސްޓްރީ
ރާއްޖެއިން އިނގިރޭސިވިލާތަށް ގެންދާ މަހަށް ޓެރިފް ކަނޑާލުމަށް ނިންމައިފި
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހަށް މިއަދުން ފެށިގެން ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމައިފި އެވެ.
Advertisement

މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. މި މަޝްވަރާތައް ކުރިއަށްދާތާ އަހަރުތަކެއް ވެއްޖެ އެވެ. އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރަން ދައްކަމުން އައި 20 އިންސައްތައިގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑޭނެ އެވެ.

މި ކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އަދި، މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އިނގިރޭސި ސަރުކާރުން ނިންމެވި މި މުހިންމު ނިންމެވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"މި ނިންމުމާ ގުޅިގެން އެނގިގެންދަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގާތް ގުޅުމުގެ އިތުރުން ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުން ދޭ އަހަންމިއްޔަތުކަން" މިއީ ދެ އަހަރު ދުވަހަށް ނިންމި ނިންމުމާއި ގުޅިގެން ރައީސް ވިދާޅުވި އެވެ.


އިނގިރޭސިވިލާތަށް ގައުމުތަކުން އެތެރެކުރާ މުދަލާއި ތަކެއްޗަށް 20 އިންސައްތައިގެ ޓެރިފެއް ނަގަން 2021 ވަނަ އަހަރު ފެށީ ރާއްޖެ ހިމެނޭހެން އެ ގައުމާ އެކު ވިޔަފާރީގެ އެއްވެސް އެއްބަސްވުމެއް ނެތް ގައުމުތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;