ads
ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނާޒިމް
ނާޒިމަށް ޖާވާބުދާރީވާން 10 މިނެޓް، ބަހުސަށް 50 މިނެޓް
މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލައިގައި އޭނާ ޖަވާބުދާރީވާން 10 މިނެޓް ދޭން މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.
Advertisement

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ ސަރުކާރު ހިންގާ ޕީއެންސީގެ 73 މެމްބަރުން ސޮޔާއިއެކު މަޖިލިހަށް ހުށައެޅީ މިމަހުގެ 14 ވަނަދުވަހުއެވެ. 

ނާޒިމް މަގާމުން ވަކިކުރަން ހުށައެޅި ގަރާރާ ގުޅޭ ގޮތުން އާންމު ކޮމިޓީން މުއަދު ބޭއްވި ބައްދަލުވުމުގައިވަނީ ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ބާއްވާ ޖަލްސާ ކުރިއަށް ގެންދާނީ ޖުމްލަ އެއް ގަޑިއިރަށްކަމަށް ކަނޑައަޅާފައެވެ. އަދި އެ ޖަލްސާގައި ޖަވާބުދާރީވާން ނާޒިމަށް ލިބިވަޑައިގަންނަވާނީ 10 މިނެޓްކަމަށްވެސް ކޮމެޓީން ވަނީ ކަނޑައަޅާފައެވެ. އަދި މެމްބަރުން ބަހުސް ކުރުމަށް 50 މިނެޓް ދޭއިރު ކޮންމެ މެމްބަރަކަށް ލިބޭނީ ތިން މިނެޓްކަމަށްވެސް ކޮމެޓީން ވަނީ ނިންމާފައެވެ. 

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅީ ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކުރާތީކަމަށް ޕީއެންސީ ވަނީ ބުނެފައެވެ. 

ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. އެހެންވެ، ނާޒިމް މަގާމުން ވަކިކުރެވޭނެ މިންވަރަށް ޕީއެންސީގައި މެމްބަރުން އެބަތިއްބެވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;