ads
ހިޔާ ރޯދީގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ
ފިލީ ހިޔާރޯދީގައި ހުޅުޖެހިކަމަށް ތުހުމަތުވާ މީހާ، މިހާރު ހޯދައިފި
އަވަސްް ފަރުވާއަށް ހޮސްްޕިޓަކަށް ގެންދިޔުމުން ފިލި ގައިދީ ހޯދާ ހައްޔަރުކޮށްފިއެވެ.
Advertisement

ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން މިއަދު ފިލާފައިވަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް، އުމުރުން 29 އަހަރުގެ ހުސެއިން ޝަހުބާންއެވެ. 

އޭނާއަކީ މިދިޔަ މާރިޗުމަހު ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ހިޔާރޯދީގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ޖަހާފައި ހުރި ގައިދީއެކެވެ. 

ކަރެކްޝަނުން ބުނީ މިނާ ފިލީ މިއަދު ބަލި ހާލު ހުރިގޮތުން އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަަލަށް މިއަދު ގެންދިޔަތަނާކަމަށެވެ. އޭނާ ހޯދުމަށް ކަރެކްޝަނާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މިއަދު ހަވީރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހޯދާ ހައްޔަރުކޮށްފައިވާކަަމަށް އެ އިދާރާއިން ބުނެއެވެ. 

މި ޝަހުބާން ހައްޔަރުކުރީ ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައިކަމަށް ފުލުހުން ވަނީ ބުނެއެވެ. 

ފަޅަށް ހުންނަ ހިޔާ ރޯދީގައި  ދުވަހު ރޯވުމުގެ އިރިކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާކަން ސީސީޓީވީ ފުޓޭޖުންތަކުންް ފެނެއެވެ. 

އެ ފުޓޭޖުން ފެންނަނީ އަލިފާން ރޯވުމުގެ ކުރިން ގަޑިން 10:33 ގައި ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް އެ ސަރައްްހަދުގައި ސައިކަލް ޕާކުކުރާ ތަނެވެ. އަދި އެމީހާ އެގޭގެތެރަަށް ވަދެގެން ދެއެވެ. އޭރު އެގޭކައިރީ މަސައްކަތް ކުރަން ބިދޭސީންތަކެއް އުޅޭތަން ފެނެއެވެ. 

އެ ގެއަށް ވަތް މީހާ ގާތްގަނޑަކަށް ހަތް މިނެޓު އެ ގޭގައި ހޭދަކުރުމަށްފަހު އެ ގެއިން ނުކުމެގެންދަނީ 10:39 ގައެވެ. އަދި އަލިފާން ރޯވެ އަނދަން ފަށަނީ އެމީހާ ނުކުމެގެންދާ ފަހުންނެވެ. 

ފުޓޭޖްތަކުން ފެންނަ ގޮތުން 10:40 ގައި ގެއިން ދުން އަރާތަން ބޭރުގައި ތިބި ބިދޭސީންްނަށް ފެނިގެން އެމީހުން ހަޅޭލެވުމުން އެގޭތެރޭގައި މަސައްކަތްކުރަން ތިބި ބިދޭސީންތަކެއް އެ ގެއިން ނުކުންނަތަން ވެސް ފެނެއެވެ. 

ރޯވި ގ. ހިޔާރޯދި ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫނެނެވެ. އެގޭ މީހުން ބުނާ ގޮތުގައި އެތަނުގައި ކަރަންޓެއްވެސް ނުހުންނާއެވެ. އަދި އިމާރާތުގައި ހުންނާނީ ފަރުނީޗަރާއި ލަކުޑިއެވެ. އެހެންކަމުން ގޭ މީހުން ތުހުމަތުކުރާ ގޮތުން އެތަނުގައި މިއަދު ރޯވުުން އެއީ މީހަކު ގަސްދުގައި ރޯކޮށްލުމުން ހިނގި ހާދިސާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;