ads
ލީވާން ބަންދުން ދޫކޮށްލުމުން އޭނާއަށް މަރުހަބާ ކިޔަނީ
ޖަލަލަށްލީ އަދަދު ނޫހުގެ ލީވާން މުއްދަތު ހަމަވުމުން ދޫކޮށްލައިފި
ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފިކަމަށް ބުނެ ޖަލަލަށްލީ އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހުކުމް ފުރިހަމަކޮށް ޖަލުން މިނިވަންވެއްޖެއެވެ.
Advertisement

ލީވާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފިކަމަށް ކަނޑައަޅާ ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައެޅުމަށްފަހުއެވެ. 

ލީވާން ޖަލަށްލާން ނިންމީ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް އަދަދު ނޫހުގައި ލިޔުމެއް ލިޔުމުންނެވެ.

އޭނާ ޖަލަށްލީ މިމަހުގެ 12 ވަނަ ދުވަހުއެވެ. 

ލީވާން ދޫކޮށްލާފައިވާއިރު، އޭނާއާއެކު ޖަލަަލަށްލީ އެ ނޫހުގެ އަނެއް ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދިވެސް ހުރީ ޖަލު ބަންދުގައެވެ. ޝަހުޒާންއަށް އިއްވާފައިވަނީ 15 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ  "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;