ads
އަމީރުލް ހައްޖު، މިނިސްޓަރު ސައީދު ހައްޖުވެރިންނާ ބައްދަލުކުރައްވނީ
އަމީރުލް ހައްޖު، މިނިސްޓަރު ސައީދު ހައްޖުވެރިންނާ ބައްދަލުކުރައްވައިފި
މި އަހަރު ހައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައީސް ޑރ. މުަހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި އެވެ.
Advertisement

ބައްދަލުކުރެއްވުން އޮތީ، ދިވެހި ހައްޖުވެރިން ތިބޭ ހޮޓެލް، ބަލަދް އައްތައްޔިބު އަޖިޔާދު ހޯޓެލުގަ އެވެ. ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ހައްޖު މިޝަންގެ މެންބަރުންނާއި، ހައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި ހާޖީން ބައިވެރިވި އެވެ.

ހައްޖުވެރިންގެ އިސް ޝެއިހަކަށް މި ފަހަރު ވަޑައިގެންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިން އެވެ.

މި އަހަރު ހައްޖަށްދާ ދިވެހީން މިހާރު ވަނީ ފުރާފަ އެވެ. ހުރިހާ ހައްޖުވެރީންވެސް މިހާރު ތިބީ މައްކާގަ އެވެ. ހައްޖު ކޯޕަރޭޝަނުން ވަނީ ކުރީ އަހަރަށްވުރެ ފުރިހަމައަށް މި ފަހަރު އިންތިޒާމުތައް ހަމަޖައްސާފަ އެވެ.

ހައްޖުވެރިން ހައްޖުގެ މަޝާއިރަށް ނުކުންނާނީ، އާދިއްތަ ދުވަހުގެ ރެއެވެ. މިނާގައި 6 ދުވަސް ހޭދަކުރާނެ އެވެ. ރާއްޖެއިން މިއަހަރު ހައްޖަށް އައި ހައްޖުވެރިން އަނބުރާ ރާއްޖެ އަންނަން ފަށާނީ، ޖޫން 5ވަނަ ދުވަހުން ފެށިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;