މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުގެ އަރިހަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ އަދި ބައިލެޓަރަލް ގުޅުންތައް މިހާރަށްވުރެ ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވި އެވެ
އެ ބައްދަލުވުމުގައި ރާއްޖޭގެ ދިފާއީ ދާއިރާ ކުރިއެރުވުމަށްޓަކައި އިނގިރޭސިވިލާތުން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާ ކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ވެސް އެ ބައްދަލުވުމުގައި ސަލާމަތީ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާއި ގުޅޭ ގޮތުން ވެސް މިނިސްޓަރު އަލިއެޅުއްވި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;