ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ހުންނަ މި ތަނުގައި، 140 މީހުންގެ ޖާގައިގެ ފަސް ސެލް ބްލޮކް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ބްލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި16 ގައިދީން އިއްޔެ އެތަނަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.
މިއީ ހުކުމް ތަންފީޒުކުރާ ގައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ގައިދީން ބޭތިއްބުމަށް، ހޯލްޑިން ސެލްތައް އެކުލެވޭ ގޮތަށް އޭސީއާއެކު ބިނާކުރެވޭ ޔުނިޓެއް ކަމަށް، ކަރެކްޝަންސްއިން ބުންޏެވެ.
އަދި މި ތަނުގެ ތިރީ ފަންގިފިލާގެ ހުރިހާ މަސައްކަތެއް އަންނަ ޖޫން މަހު ތެރޭ ނިންމައިލެވެމުން، ކޯޓުތަކަށާއި ސިއްހީ ބޭނުންތަކަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބައިތިއްބުމަށް ލުއި ލިބި، ކުރަންޖެހޭ ދަތުރުފަތުރުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމަށް، އެ އިދާރާއިން ބުންޏެވެ.
މި ސެލްގައި ގައިދީންގެ ތަކެތި ބަހައްޓާނެ ކަބަޑާއި ކެއުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއްގެ އިތުރުން ލޯންޑްރީ ސަރަހައްދާއި ނަމާދުކުރާނެ ކޮޓަރިއެއް ހުރެ އެވެ. މިތަން ހަދާފައިވަނީ އޭސީ ވެސް ހަރުކޮށްގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;