ads
ބޮލީވުޑް ތަރި އަކްޝޭ ކުމާރު
އިންޑިއާގެ ފުރަތަމަ އޭލިއަން ތުރިލާ ފިލްމުގައި އަކްޝޭ
އިންޑިއާގެ ފުރަތަމަ އޭލިއަން ތުރިލާ ފިލްމު "ސާމުކް" އިން ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ފެންނާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
Advertisement

ހިންދުސްތާން ޓައިމްސްގައި ބުނީ ކަނީޝްކް ވަރުމާ ޑައިރެކްޓުކުރާ އެ ފިލްމު ޕްރޮޑިއުސް ކުރަނީ އަކްޝޭ އާއި ވިޕުލް އަމްރުތުލާލް ޝާހް އަދި އަޝީން ޝާހް ގުޅިގެން ކަމަށެވެ.

މިއީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އަކްޝޭ އާއި ޕްރޮޑިއުސަރު ވިޕުލް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

މި ފިލްމާ ބެހޭ ގޮތުން އަކްޝޭ ބުނީ މި ފިލްމުގެ ސްކްރިޕްޓާއި ވާހަކައަކީ ވަރަށް ޝައުގުވެރި އެއްޗެއް ކަމަށެވެ.

މިހާރުގެ ފިލްމުތަކުގައި ސީޖީއައި އަދި އޭއައި ބޭނުންކުރުން އިތުރުވެފައި ވިޔަސް، "ސާމުކް"ގައި އޭލިއަން ދުނިޔެ އާއި އެ އެއްޗެހި ދައްކުވައިދިނުމަށް ބޭނުންކުރަނީ ހޮލީވުޑްގެ އެންމެ މަތީ ފަންތީގެ ދެ ތަޖުރިބާކާރުން ތައްޔާރުކުރާ "ހެންޑްކްރާފްޓެއް" މަސައްކަތްތައް ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އޭގެ ތެރެއިން އެކަކީ ސްޓަންޓް ކޯޑިނޭޓަރު ލޫކް ޓަމްބާ އެވެ. ކުރީގެ ރޯޔަލް މެރިންސް ކޮމާންޑޯއެއް ކަމަށްވާ ލޫކް އަކީ "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިންގް"، "ވެނަމް"، "ނޯ ޓައިމް ޓޫ ޑައި" އަދި "ސްޓާ ވޯޒް" ކަހަލަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

އޭނާ ވަނީ އަކްޝޭއަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އަކްޝޭއަކީ އިންޑިއާގެ ހަގީގީ "އެކްޝަން ހީރޯ"އެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މި ފިލްމުގެ ކްރީޗާ އިފެކްޓްސްގެ މަސައްކަތްކުރަނީ އެކަމުގެ ލެޖެންޑެއް ކަމަށްވާ އެލެކް ގިލިސް އެވެ.

އެލެކް ބުނި ގޮތުގައި، "ސާމުކް"ގައި ފެންނާނެ އޭލިއަން އަކީ ސީޖީއައިގެ ބަދަލުގައި "ހޭންޑްމޭޑް" އެއްޗެއްސެވެ.

އޭނާ ބުނީ އަކްޝޭގެ ހަށިގަނޑުގެ ވަރުގަދަކަން ހޮލީވުޑްގެ ތަރި ޖޭސަން ސްޓެތަމްއާ އެއްވަރުވާއިރު، އޭނާގެ ހިތްހެޔޮކަން ޓޮމް ކްރޫޒްއާ އެއްގޮތް ކަމަށެވެ.

އަކްޝޭ ކަހަލަ ވަރުގަދަ ތަރިއަކާ ކުރިމަތިލެވޭނެ ފަދަ ވަރުގަދަ ބިރުވެރި އޭލިއަންއެއް މި ފިލްމަށް އުފައްދާނެ ކަމަށް ވެސް އެލެކް ބުންޏެވެ.

އަކްޝޭ ދެން އެންމެ އަވަހަށް ބެލުންތެރިންނާ ބައްދަލުކުރާނީ، އަންނަ މަހުގެ 26ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އިންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;