މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ހުންނަ އޯވީއެސް ފިހާރައިން ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ވިޔަފާރީގެ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ އެވެ.
މީގެ ތެރެއިން 5،000 ރުފިޔާއިން މަތީގެ ބިލުތަކަށް 20 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި ބިލް ދައްކާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކައިލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ އޯވީއެސްއަކީ ޒަމާނީ އަދި ހިތްގައިމު ފޭރާމާއި އެކްސެސަރީޒް އަދި ލައިފްސްޓައިލްގެ ތަފާތު އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދޭ ބްރޭންޑެކެވެ.
ބައިނަލްއަގުވާމީ ފެޝަންގެ އާ އޮއިވަރުތަކާއި ދުވަހުން ދުވަހަށް ބޭނުންކުރަން ފަސޭހަ ފަރުމާތައް އެކުލަވާލައިގެން މުދާ ފޯރުކޮށްދޭ އޯވީއެސްއަކީ މިހާރު ރާއްޖޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ބްރޭންޑެކެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ.
ދިރާގުން އަންނަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;