ads
ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަންގައި ވާދަކުރައްވާ އަބްދު ﷲ ސޯދިގު (ސޯބެ) އާއި އަހުމަދު ސައީދު (ސޮޑާ)
ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަނު ފައިނަލް ވޯޓާސް ލިސްޓު ނެރެފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ނެރެފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ނެރެފައެވެ. އަމި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި އަދި، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ފެންނަން ހުންނާނެކަމަށް އީސީން ބުނެއެވެ. 

ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އިންތިހާބުގައި ވާދަކުރާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރާނީ އަބްދު ﷲ ސޯދިގު (ސޯބެ) އެވެ. 

ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު

  • އަހްމަދު ސައީދު (ސޮޑާ) - (ކެންޑިޑޭޓް ނަންބަރު 1)
  • އަބްދުﷲ ސޯދިގު (ސޯބެ) - (ކެންޑިޑޭޓް ނަންބަރު 2)

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ވޯޓްލާން ބަހައްޓާނީ 7 ވޯޓްފޮށިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;