ads
އެމްއައިބީއާއި އެލިއާގެ ޕްރޮމޯޝަން
އެމްއައިބީ އާއި އެލިއާ ގުޅިގެން ޑިސްކައުންޓް ލިބޭ "އުޖާލާ ޕްރޮމޯޝަން" ފަށައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެލިއާ ގުޅިގެން، އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

"އެމްއައިބީ × އެލިއާ – އުޖާލާ ޕްރޮމޯޝަން" ގެ ނަމުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ތަކެތި ގަންނަ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އައުޓްބޯޑް އިންޖީނު ގަންނަ ފަރާތްތަކަށް ޑިސްކައުންޓް ލިބޭނީ އިންޖީނުގެ ހޯސްޕަވަރާއި އިހުތިޔާރުކުރާ ރިގިން އެކްސެސަރީޒްތަކަށް ބަލައިގެންނެވެ. އަދި ވޭވްރަނާ ގަންނަ ފަރާތްތަކަށް ޑިސްކައުންޓް ލިބޭނީ އިޚްތިޔާރުކުރާ މޮޑެލްއަކަށް ބަލައިގެން ކަމަށް އެމްއައިބީން ބުންޏެވެ.

ހަމައެއާއެކު މި ދެ ބާވަތުން ވެސް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށް އެމްއައިބީން ބުންޏެވެ.

ޕްރޮމޯޝަންގެ ދަށުން ލިބޭ ޑިސްކައުންޓްގެ އަދަދު، އެލިއާއިން ދޫކުރާ ފައިނަލް ކޯޓޭޝަން ނުވަތަ ޕްރޮފޯމާ އިންވޮއިސްގައި ބަޔާންކޮށްފައި އޮންނާނެ އެވެ. އަދި ކޯޓޭޝަން ލިބުމުން، އެމްއައިބީގެ "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާ އެކު ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށާއި، މިގޮތަށް ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ ބޭންކުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގެ ދަށުން ކަމަށް ވެސް އެ ބޭންކުން މައުލޫމާތު ދެ އެވެ.

އެމްއައިބީން ބުނި ގޮތުގައި އެލިއާއާ ގުޅިގެން މިފަދަ ޕްރޮމޯޝަނެއް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ، އިސްލާމީ ޝަރީއާ ހުއްދަކުރާ ލުއިފަސޭހަ ފައިނޭންސިން ހައްލުތަކާ އެކު ހާއްސަ ޑިސްކައުންޓްތަކެއް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް