ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވާހަކަ ދައްކަވަނީ - ފޮޓޯ/ ރައީސް އޮފީސް
ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ތިރިކުރަން މަޝްވަރާކުރަނީ
ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމާ ގުޅޭގޮތުން ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

16 އަހަރުން ދަށުގެ ކުދިންނަށް ޝޯޝަލް މީޑިއާ މަނާކުރަން ސަރުކާރުން ކުރަމުން އަންނަ މަޝްވަރާތަކާ ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ:

"މިސާލަކަށް ކުށުގެ ޒިންމާ ކުދިން އުފުލަން ޖެހެނީ ކިހާ އުމުރަކުންތޯ؟ އެއީ ދެން ވަރަށް ވަރަށް ވައިޑް ރޭންޖެއްގައި މަޝްވަރާކުރަމުންދާ ކަމެއް. ކުށުގެ ޒިންމާ 12 އަހަރަށް ދަށްކުރަން މަސައްކަތް ކުރަނީ އެ ކުދިންނަށް އަދަބު ދިނުމަކަށް ނޫނެ،" އަލީ އިހުސާން ވިދާޅުވި އެވެ.

 

މިހާރު ގާނޫނުގައި ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ފެންނަނީ އެހެން ހަގީގަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، 14، 13 އަހަރުގެ ކުދިން ކުށުގެ މާހައުލުގައި ވަރަށް ބޮޑަށް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ކިޔައިދެއްވި އެވެ.

އެ ކަމުން ކުދިން ދުރުކުރުމަށް ބަލާއިރު، ގާނޫނުން ޖާގަ ނުލިބޭތީ މަސައްކަތްތައް މިހާރު ލިމިޓުވާކަން މިނިސްޓަރު ހާމަކުރެއްވި އެވެ. އެހެންވެ، އުމުރު ދަށްކުރަނީ އެ ކުދިންނާއެކު، ކުރެވޭ މަސައްކަތްތައް ފުޅާކުރަން ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުށްކުރާ ފަރާތްތަކުން އަމާޒު ހިފަނީ ކޮން އުމުރުފުރައެއްގެ ކުދިންނަށްތޯ ބަލައި، އެފަދަ ކުދިން ތައުލީމާއި ތަރައްގީގެ ތެރޭގައި ޝާމިލުވާ މިންވަރަށް ރިއާޔަތްކުރަމުންދާ ކަމަށެވެ. އަދި ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން ރެސްޓްރިކްޝަންތައް އަޅަންވީ ކޮން ހިސާބަކުންތޯ ވެސް ދަނީ ބަލަމުންނެވެ. 

އެގޮތުން، ކުދިން ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މީސްމީޑިއާގެ ބައެއް މަންސަތައް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރުމާ ގުޅޭގޮތުން ވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް