ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ފަސް މީހުން ހައްޔަރު ކުރިއިރު، އޭނގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެންވަނީ އެނގިފައިވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މިދިޔަ މާރިޗު މަހުގެ 27ވަނަ ދުވަހު ފުލުހުން ބުނީ، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭ ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލައެއް، އެ މަހުގެ 25ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ރަހީނުކުރި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފުލުހުންނަށް އެ މީހާ ފެނުނީ ވިލިމާލޭންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައި ވަނީ، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ރަހީނުކުރުމާއި މާރާމާރީގެ ތުހުމަތެވެ. ހައްޔަރުކޮށްފައިތިބީ ހުސް ބިދޭސީންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;