ads
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އަންނަ އަހަރު ވެގެންދާނީ ރައްޔިތުންނަށް އުފާ ފާގަތި އަހަރަކަށް: އަބްދުއްރަހީމް
އަންނަ އަހަރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް އުފާ ފާގަތި އަހަރަކަށްކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

އަބްދުއްރަހީމް މިހެން ވިދަޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓް މަޖިލީހުން ފާސްކުރުމުން މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާ ވާހަކަ ދައްކަވަމުންނެވެ. 

އަންނަ އަހަރަށް ދައުލަތުން ހުށައެޅި ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުން މަޖލީހުގެ ތަޅުމުން 65 މެމްބަރުންގެ ވޯޓާއި އެކު މިއަދަު ވަނީ ފާސްކޮށްފަ އެވެ. ބަޖެޓް ފާސްކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ.

ބަޖެޓް ފާސްވުމުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަންނަ އަހަރު ވެގެންދާނީ ތަރައްގީ ދުވެލި ހަލިވި ދިވެހި ރައްޔިތުންނަށް އުފާ ފަގަތި އަހަރަކަށް ކަމަށެވެ. 

" މި އަންނަ އަހަރު ވެގެންދާނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ފަހި، ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ތަރައްގީގެ ދުވެލި އެތައް ގުނައަކުން ބާރު، ރައްޔިތުންނަށް އުފާ ފާގަތި އަހަރެއްކަމަށް. " އަބްދުއްރަހީމް ވިދާޅުވި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ޖުމްލަ ޚަރަދަކީ 52.6 ބިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ހިންގުމުގެ ޚަރަދެވެ. މިއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ.

ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.2 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް