ads
ދިވެހި ހާޖީން އަރަފާތު ބިމުގައި
ދިވެހި އެއް ހާޖީ ފިޔަވާ އެންމެ އަރަފާތުގެ ބިމަށް ވަދެއްޖެ، އެމީހާ އެޑްމިޓްކޮށްފައި
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހާޖީންގެ ތެރެއިން އެންމެ މީހަކު ފިޔަވާ އެންމެން އަރަފާތު ބިމަށް ވަދެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިއަހަރުވެސް ރާއްޖެެއިން ވަނީ 1000 މީހުން ހައްޖަށް ގޮސްފައެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ އަރަފާތަށް ވަދެފައިކަމަށެވެ. އަރާފަތަށް ނުވަދެވި ވާ ހާޖީއަށް މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދާކަމަށާއި އިރާދަކުރެއްވިއްޔާ  އެ ހާޖީވެސް އަރަފާތަށް ގެންދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެ ހާޖީއެކު ހަރަކާތްތެރިވެ އެހީތެރިވަމުންކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. 

 

your imageދިވެހި ހާޖީން އަރަފާތު ބިމުގައި

މިއަދު މެންދުރު ފަހުން ފެށިގެން އިރުއޮއްސެން ދެން ހުރިހާ ހައްޖުވެރިން އަރާފާތުގައި މަޑުކުރާނެއެވެ. އަރާފާތުގައި މަޑުކުރުމަކީ ހައްޖުގެ ރުކުނަކަށްވާއިރު މިއަދު އިރުއޮއްސުމުގެ ކުރިން އަރާފަތަށް ނުދެވޭ މީހަކަށް ހައްޖެއް ނުލިބޭނެއެވެ. 

މިއަދު ހައްޖުވެރިން އަރަފާތުގައި މަޑުކުރުމަށްފަހު އިރުއޮއްސުމުން އަރާފާތުންް ނުކުމެ މުޒްދަލިފާއަށް ވަދެ މުޒްދަލީފާގައި ރޭކުރާނެއެވެ. އަދި އަލުން އަނބުރާ މިނާއަށް ހައްޖުވެރިން ވަންނާނީ އީދުދުވަހުގެ ފަތިސް ނަމާދަށްފަހުއެވެ. އޭގެ ފަހުން މިނާގައި އާއްމުކޮށް ތިން ރޭ ހައްޖުވެރިން މަޑުކުރުމަށްފަހު މައްކާއަށް އެނބުރި ދާނީ ހައްޖުގެ މަހުގެ 12 އަދި 13 މި ދެ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;