ads
މިފްކޯގެ ފިހާރައެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވުން
އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ފިހާރައެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފި އެވެ.
Advertisement

ރޭ މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު އެވެ.

އައްޑޫ ސިޓީގެ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުވި މިފްކޯގެ މިފިހާރައަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި، ހުޅުވި އެކުންފުނީގެ ފުރަތަމަ ފިހާރަކަމަށެވެ. 

އަދި މިއާއެކު ހުޅުދޫގައި ގާއިމުކޮށްފައިވާ މިފްކޯގެ ފެކްޓްރީ މެދުވެރިކޮށް ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވޭނެކަމަށާއި، މީގެއިތުރުން އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް އަނަސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;