ads
އެމެރިކާ ސިފައިން އަސްކަރީ މަނަވަރަކުން އީރާނަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ޔޫއެސް ސެންޓްކޮމް
މަޝްވަރާތައް ކުރިއަށްދަނިކޮށް، އެމެރިކާއިން އީރާނަށް ހަމަލާދީފި
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އިރާނުން ގަތަރުގައި އެ ގައުމުގެ މަންދޫބުންނާއެކު ކުރިއަށް ގެންދަނިކޮށް، އެމެރިކާގެ އަސްކަރިއްޔާއިން، އީރާނުގެ މިސައިލް ސައިޓްތަކަށާއި، ކަނޑުގެ ސަރަހައްދުގައި މައިން ވަޅުލުމަށް މަސައްކަތްކުރި ބޯޓުތަކަކަށް އަމާޒުކޮށް އީރާނުގެ ދެކުނަށް އާ ހަމަލާތަކެއް ދީފި އެވެ.
Advertisement

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ހޯމަ ދުވަހު އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ދެކުނު ސަރަހައްދުގައި ހުރި މިސައިލް ސައިޓްތަކަށާއި، ކަނޑުގެ ސަރަހައްދުގައި މައިނު އަޅަން އުޅުނު އުޅަނދުތަކަކަށް ހަމަލާދީފަ އެވެ.

ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ބުނީ ދެ ގައުމުގެ ދެމެދުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަރުހަލާގައި އެމެރިކާގެ އަސްކަރިއްޔާއިން ކެތްތެރިކަން އިސްކުރަމުންދާ ކަމަށާއި، ނަމަވެސް އެމެރިކާގެ ސިފައިންގެ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތައް މެދުކެނޑުމެއްނެތި އަޅަމުންދާނެ ކަމަށެވެ. 


އިރާނުގެ ސަރުކާރާ ގުޅުންހުރި މީޑިއާތަކުން މި ހަމަލާތައް ސިފަކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އެމެރިކާއިން ހިންގި އުދުވާނެއްގެ ގޮތުގަ އެވެ.

އެ ހަމަލާތަކާއި ގުޅިގެން އީރާނުގެ އީރާނުގެ ހަތިޔާރު އެޅި ސަފުތަކުގެ އިސް ތަރުޖަމާނު އަބުލްފަޟްލް ޝެކަރްޗީ ވިދާޅުވީ، އެ ގައުމާއި ދެކޮޅަށް ދޭ ކޮންމެ އައު އުދުވާނީ ހަމަލާއަކައި ދެކޮޅަށް ދޭނެ ރައްދު ކުރިއަށްވުރެ މާ ވަރުގަދަވާނެ ކަމަށާއި، އެ ރައްދު މުޅި ސަރަހައްދުން ބޭރަށް ފެތުރިގެންދާނެ ކަމަށެވެ.

"އިތުރު ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި، އީރާނުގެ ހަމަލާތައް ސަރަހައްދީ އިމުން ބޭރަށް ފޯރާނެ، އެ ހަމަލާތައް ކުރީގެ ކުރިމަތިލުންތަކަށްވުރެ މާ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކަކަށް ވާނެ" ޝެކަރްޗީ ވިދާޅުވި އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެެމެރިކާ ގުޅިގެން އީރާނަށް ދޭންފެށި ހަމަލާތަކުގައި އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހިމެނޭހެން އެތައް ބަޔަކު ވަނީ އަވަހާރަވެފަ އެވެ.

ދެ ފަރާތުން ކުރި ހަނގުރާމަ އޭޕްރީލް އަށް ވަނަ ދުވަހުން ފެށިގެން އޮތީ މެދުކަނޑާލާފަ އެވެ. ހަނގުރާމަ މެދުކަނޑާލަން އޭޕްރީލް 8 ގައި ވީ އެއްބަސްވުމަށް ފަހު އަދިވެސް އެގޮތުގައި ތިބި ނަމަވެސް ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ކުރަމުން އަންނަ މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ. 

ފެބުރުވަރީ 28 ގައި އިޒްރާއީލު ރުއްސުމަށް ޓްރަމްޕް ފެށްޓެވި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ވޮޝިންޓަނާއި ތެހްރާނުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ. މި ވަގުތު ދެ ފަރާތުގެ މެދުގައި އޮތް އެންމެ ބޮޑު ނުތަނަވަސްކަން ގުޅިފައިވަނީ އީރާނުން މުއްސަނދިކޮށް، ރައްކާކޮށްފައިހުރި ޔުރޭނިޔަމްއާ އެވެ. 

ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދަވަނީ އެ ތަކެތި އެމެރިކާއިން އަތުލައިގަންނާނެ ކަމުގަ އެވެ. ނަމަވެސް، އެ ސިޔާސަތު ބަދަލުކުރައްވައި، ޓްރަމްޕް އެންމެ ފަހުން ވިދާޅުވީ، ދެ ފަރާތުން އެއްބަސްވާ ތަނަކަށް އެ ތަކެތި ގެންގޮސް، ނައްތައިލުމަށް އެއްބަސްވާން ވޮޝިންޓަނުން ތައްޔާރަށް އޮތް ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;