ads
ރައީސް އޮފީސް
ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހަޅަން 'ސިޓިޒެންސް ވޮއިސް' ޕޯޓަލް ތައާރަފުކޮށްފި
ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 'ސިޓިޒެންސް ވޮއިސް'ގެ ނަމުގައި ހާއްސަ ޕޯޓަލެއް މިއަދު ތައާރަފުކޮށްފި އެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި 24 ގަޑިއިރު ހިދުމަތް ލިބޭ މި ޕޯޓަލަކީ އެ އޮފީހުގައި ގާއިމުކޮށްފައިވާ 'ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ'ގެ ދަށުން ތައާރަފުކުރި ޕޯޓަލެކެވެ. ރައްޔިތުންނަށް މި ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ވަދެވޭނީ 'އީފާސް' މެދުވެރިކޮށެވެ.

މި ޕޯޓަލަކީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ގޮތަށް، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ގާތުން ބެލޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އިފްތިތާހުކުރި ހިދުމަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިވަގުތަށް މި ޕޯޓަލްގެ ހިދުމަތް ވެބްސައިޓް މެދުވެރިކޮށް ދޭން ފެށި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މޯބައިލް ފޯނު އެޕްލިކޭޝަނެއް ވެސް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް މިހާރު ރައްޔިތުންނަށް ލިބެމުންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް