ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހުންނަކީ، މާލެ، ގ. މުތީގެއާގެ، ޢަލްޔާ ޝަރްސާ ނަޞީރު (25އ) އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ.
މި ދެ މީހުންގެ ބަންދު އެކި ފަހަރު މަތިން އިތުރުކޮށްފައިވާއިރު، ދެ މީހުންގެ ބަންދަށްވަނީ އަނެއްކާވެސް 30 ދުވަސް ޖަހައިފައެވެ.
މި ދެ މީހުންގެ ތެރެއިން ޢަލްޔާ ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ ދެ މީހުން ހައްޔަރުކުރީ ރާއްޖެއަށް އައިސް އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ.
މި ދެ އަންހެނުންގެ ތެރެއިން ރޫނާގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާއަކީ މި މައްސަލައިގައި އިސްކޮށް އުޅޭ މީހާއެވެ. އަނެއް އަންހެން މީހާއަކީ ވަރަށް ގިނައިން ރާއްޖޭން ބޭރަށްދާ މީހެއްކަން އޭނާގެ ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ ކުރީ ބަންދު މަޖިލީހެއްގައި ރޫނާވަނީ އޭނާގެ ދިފާއުގައި ފުލުހުންގެ ބޮޑީކެމްގެ ރިކޯޑިން ހޯދަން އެދިފައެވެ.
މި ދެ އަންހެނުންގެ މައްޗަށް ތުހުމަތު ކުރެވެނީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އަދި އެ ތަކެތި ޓްރެފިކްކުރި ކަމަށެވެ.
މި ދެ އަންހެނުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ދެ މީހުންގެ އަތުން ފެނުނު މަސްތުވާތާކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;