ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 923،984 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 962،242 ފަތުރުވެރިންނަށްވުރެ ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް 122,548 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 119,468 ފަތުުރުވެރިންނާ އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.
ވަކިވަކި ގައުމުތަކަށް ބަލާއިރު ޗައިނާ އުޅެނީ ކުރީގަ އެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުން 141,339 ފަތުުރުވެރިންގެ ޒިޔާރަތްކުރި އެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ ބަލާއިރު މަދު އަދަދެކެވެ.
ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ އިން ވަނީ 121،000 ފަތުރުވެރިން އައިސްފަ އެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 79،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ.
ހަތަރު ވަނައިގައި އިޓަލީ އޮތް އިރު ފަސް ވަނައިގައި އޮތީ ޖަރުމަނު އެވެ. ފަތުރުވެރިންގެ ފަހަތުން ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު އެހެން މާކެޓެއް ކަމަށްވާ އިންޑިއާ އެ ލިސްޓުގައި އަދިވެސް އޮތީ ހަވަނައިގައި ކަމަށްވާއިރު، އެ ގައުމުން މިހާތަނަށް އައިސްފައިވަނީ 50,747 ފަތުރުވެރިންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު ދަށްވާން ފެށީ މިދިޔަ ފެބްރުއަރީ 28 އިން ފެށިގެންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އެ ސަރަހައްދުގެ ރޫޓުތަކުން ކަމަށްވާއިރު، އޭރުން ފެށިގެން ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަދުވަމުންނެވެ.
އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސިނާއަތުގެ އިސް ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ. އެ ފަރާތްތަކުން ވަނީ ގެއްލުމުން އަރައިގަންނަން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިފަ އެވެ.
ފަތުރުވެރިން މޫދުގައި
ގެސްޓް ހައުސް އެސޯސިއޭޝަނާއި މަޓާޓޯ އިން ބުނީ، މިހާރު މި އޮތް ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯން ދިނުމާއި މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވެދީ، ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި ފީތައް އަދި ކޯޓާފީ މައާފު ކޮއްދިނުމަށް ސަރުކާރާއި މާލީ އިދާރާތަކުން ވީ އެންމެ އަވަހަށް އެހީތެރިވާން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ މުހިއްމު ފިޔަވަޅުތައް:
ސަރުކާރުން ވަނީ، މި ހާލަތު ރަނގަޅުކޮށް ފަތުރުވެރިން ގެންނަ މާކެޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2.2 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 45،000 އަށް ވުރެ ގިނަ އެނދު އެބަހުއްޓެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 918 ގެސްޓްހައުސް އާއި، 171 ސަފާރީ އޮޕަރޭޓް ކުރަމުންދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;