ads
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން: ފަލާހު
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ވާދަ ނުކުރައްވާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލްކޮށްފައި ވަނިކޮށް، އޭނާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 

ނާޒިމް އިސްތިއުފާދެއްވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާންކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިތުރު ޖަލްސާއެއް މިއަދު މެންދުރު 13:00ގައި ބާއްވާނެކަން އިއުލާން ކުރައްވާފަ އެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިންވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަން ހާމަކުރައްވާފަ އެވެ.

"ނޫސްތަކުގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން،" ފަލާހު އެކްސްގައި ކުރެއްވި ކުރު ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ނާޒިމް އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00އަށް ތާވަލްކޮށްފައިވާ ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

ވެރިކަން ކުރާ ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އޭނާ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ނާޒިމް ވަކިކުރަން ހުށަހެޅުމާ އެކު، ޕީއެންސީ ތެރޭގައި އެ މަގާމަށް ގެންނާނެ ބޭފުޅަކާ މެދު މެންބަރުންގެ ތެރޭގައި އަންނަނީ ކޮންމެވެސް ވަރަށް މަޝްވަރާ ކުރެވެމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ޕީއެންސީން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު އިއުލާންކުރައްވާފައި އެއްވެސް ނުވެ އެވެ. 

މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;