ads
"އެސްޓީއޯ ވޯލްޑްކަޕް ފޯރި" ޕްރޮމޯޝަން ފެށުން
"އެސްޓީއޯ ވޯލްޑްކަޕް ފޯރި" ޕްރޮމޯޝަން ފަށައިފި
ފީފާ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން "އެސްޓީއޯ ވޯލްޑް ކަޕް ފޯރި"ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން، ގިނަ ބެރޭންޑްތަކެއްގެ ޓީވީތަކާއި ޕްރޮޖެކްޓަރުތަކުން %28 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. މި ޕްރޮޑަކްޓްތަކުގެ ތެރޭގައި ފިލިޕްސް ބްރޭންޑުގެ ޓީވީ އަދި އެލްޖީ ބްރޭންޑުގެ ޓީވީ އަދި ހަމަ އެއާއި އކު އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރު ހިމެނެ އެވެ. 

މި ޕްރޮޑަކްޓްތަކުން 500ރ އިން މަތިން ވިޔަފާރިކޮށްގެން މި ޕްރޮމޮޝަންގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ދެ މީހަކާއެކު ފަސް ދުވަހުގެ މެލޭޝިޔާ ދަތުރެއް ލިބިގެންދާނެ އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮޑަކްޓްތަކުން 500ރ. އިން މަތިން ވިޔަފާރިކޮށްގެން މި ޕްރޮމޮޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ދެ ބޭފުޅެއްގެ ފަސް ދުވަހުގެ މެލޭޝިޔާ ދަތުރެއް ލިބިގެންދާނެ އެވެ.

ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ހޯލްސޭލް ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުން ވަރަށް ހާއްސަ އަގުހުރި އިނާމުތަކެއް ލިބިގެންދާނެކަން އެސްޓީއޯ އިން ފާހަގަ ކުރެ އެވެ.

އެ ގޮތުން ހޯލްސޭލް ކަސްޓަމަރުންނަށް 3000ރ. އިން މަތީގެ ވިޔަފާރި ކުރައްވައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި ކޮންމެ 3000ރ. އިން މަތީ އިންވޮއިސް އަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

އެސްޓީއޯގެ މި ޕްރޮމޯޝަންގައި ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ އިނާމްތަކެއް ވަނީ ލިބިގެންދާނެ އެވެ.

އެގޮތުން 1 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަށް 30،000ރ. ޕްރޮޑަކްޓްތައް ލިބޭއިރު ދެވަނައަށް ހޮވޭ ފަރާތަށް، 20،000ރ. ޕްރޮޑަކްޓްތައް އަދި 3 ވަނައަށް ހޮވޭ ފަރާތަށް 10،000ރ. ގެ ޕްރޮޑަކްޓްތައް ލިބޭނެ އެވެ.

މީގެ އިތުރުންވެސް ކޮންމެ ހަފްތާއަކު، ވޯލްޑް ކަޕާއި ގުޅެ އެކިއެކި ހަރަކާތްތަށް މެދުވެރިކޮށް ތަފާތު އިނާމްތައް ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭގެ އިތުރުން ރީޖަނަލް އައުޓްލެޓް ތަކުގައިވެސް ކުރިއަށްދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;