ads
މުލީއާގޭގައި ކުރީގެ ހަ ރައީސުންގެ އަރިހުގައި މަސައްކަތް ކުރެއްވި އިބްރާހީމް ހަލީމް
މަރުހޫމް ހަލީމްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
މުލިއާގޭގެ ހިދުމަތްތެރިޔާ އިބްރާހިމް ހަލީމް (ދޮންނަ) އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

ހަލީމް އަވަހާރަވީ އުމުރުން 76 އަހަރުގައެވެ. އޭނާގެ ކަށުނަމާދު އޮތީ މިރޭ މާލޭގެ އާސަހަރާ މިސްކިތުގައި 23:00ގައެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، އިބްރާހީމް ހަލީމް ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވިއިރު، އޭގެތެރެއިން ބޮޑުބައެއްގައި މަސައްކަތް ކުރެއްވީ މުލިއާގޭގައި ކަމަށެވެ. 

‏"މާތްﷲގެ ތަނަވަސް ރަޙްމަތުގައި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމް ލަހައްޓަވާށި. އާމީން," ރައީސްގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.

ކުރީގެ 6 ރައީސުންނާއެކު މަސައްކަތް ކުރައްވާފައިވާއިރު، އިބްރާހީމް ހަލީމް ދިވެހި ދައުލަތަށް ހިދުމަތްކޮށްދެއްވީ އިހުލާސްތެރި ކަމާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.

އޭނާ ސަރުކާރުގެ ހިދުމަތް ފެށްޓެވީ، 5 ޖުލައި 1971 ގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ޕްރައިމް މިނިސްޓަރުގެ އޮފީހާއި، ގަވަންމަންޓް ހޮސްޕިޓަލާއި، ރައީސްގެ އޮފީހުގެ ޕިޔޯނުކަން ކުރައްވައިފައި ވެއެވެ.

ހިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އެމަނިކުފާނަށް ވަނީ، ލިބިވަޑައިގެންފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;