ads
ލަންކާގެ ކުރީގެ ރައީސް ގޯޓާބާޔާ
ލަންކާގެ ކުރީގެ ރައީސް ގޯޓާބާޔާ ގައުމުން ބޭރަށް ފުރުން މަނާކޮށްފި
ނަސާރާ ދީނުގެ މީހުން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާތަކުގެ ތަހުގީގާ ގުޅިގެން، ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ އާއި އަސްކަރީ ދެ އޮފިސަރަކު ގައުމުން ފުރުން މަނާކޮށްފި އެވެ.
Advertisement

ކްރިސްޓިއަން ފައްޅިތަކާއި ބައެއް ހޮޓާތަކުގައި ހަމަލާދީ 279 މީހުން މަރާލި ހަމަލާތައް ރޭވުމުގެ ތުހުމަތުގައި، ރާޖަޕަކްސާގެ ވެރިކަމުގައި އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ސުރޭޝް ސާލީ ހުންނަނީ މިދިޔަ ފެބުރުވަރީ މަހުން ފެށިގެން ހައްޔަރުކޮށްފަ އެވެ. 

މީގެ އިތުރުން، ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ވަނީ އަސްކަރިއްޔާގެ ކާނަލް މުހައްމަދު އަންސާރާއި ކުރީގެ އިންޓެލިޖެންސް އޮފިޝަލް ޕްރޭމާނަންދާ އުދަލަގަމާ ވެސް ލަންކާއިން ބޭރަށް ދަތުރުކުރުން މަނާކޮށްފަ އެވެ.

އީސްޓާ ސަންޑޭގައި ދިން ނިރުބަވެރި ހަމަލާއަކީ ލަންކާގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ނިރުބަވެރި ހަމަލާއެވެ. އެ ހަމަލާއާ ގުޅޭ މައްސަލަ ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

އެ ހަމަލާދިން އިރު، ލަންކާގެ ރައީސްއަކީ މައިތްރިޕާލާ ސިރިސޭނާ އެވެ. ގޮޓާބަޔާ ވެރިކަމަށް ވަޑައިގެންނެވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;