ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިޓް ޖެހިގެން އެޑްމިޓްކޮށް ފަރުވާދެނީ
ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިޓް ޖެހިގެން އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.
Advertisement

ފިޓްޖެހިގެން ފަރުވާ ދެމުން އަންނަނީ އުމުރުން 39 އަހަރުގެ މއ. ހިންނަވަރު ހުޅަނގު ބައި /  އަފްސަލް މުހައްމަދު އެވެ. 

މީނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. މީނާގެ ބަންދުގެ އަމުރުގައިވާ ގޮތުން އޭނާގެ ގައިރު ހާޒިރުގައި ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހާދީފަ އެވެ. 

ކޯޓު އަމުރުގައި ވަނީ އޭނާ ބަންދުގެ މަޖިލިހަށް ހާޒިރުނުކުރެވުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓްޖެހިގެން ފަރުވާ ދިނުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދާތީކަމަށް ފުލުހުން ބުނިކަމަށެވެ. އަދި އެމީހާގެ ގައިރު ހާޒިރުގައި ބަންދާމެދު ގޮތެއް ނިންމާފައިވީނަމަވެސ،ް މީނާ ފަޑނިޔާރެއްގެ ކުރިމަށްޗަށް ގެނެވޭނެ ހާލަތަށް މީނާގެ ހާލަތު ބަދަލުވާ ވަގުތުން ފެށިގެން 24 ގަޑިއިރުތެރޭގައި އަލުން ފަޑނިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމަންވާނެކަަން ފުލުހުންނަށް އަންގާފައިވާކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ.

މި މީހާ ހޮސްޕިޓަލްގައި ފަރުވާދޭކަން ސާފުވާނެ ހޮސްޕިޓަލްގެ ލިޔުމެއް ފުލުހުން ހުށަހަޅާފައިވާކަމަށްވެސް ކޯޓު އަމުރުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް