ads
އަދާލަތުގެ ލީޑާޝިޕްގެ ބޭފުޅުން
2028 ގައި ރައީސް މުއިއްޒަށް ތާއީދުކުރަން އަދާލަތުން ނިންމައިފި
ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު އިއްތިޙާދުވުމަށް އަދާލަތުން ނިންމައިފި އެވެ.
Advertisement

ދީނީ ކަންކަން ހަރުދަނާކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅު ކުރަން ސިޔާސީ ފަރާތްތަކުގެ އެެއްބާރުލުން ބޭނުންވާ ކަމަށް ބަޔާންކޮށް ސަރުކާރާ އެކު މަސައްކަތްކުރަން އަދާލަތު ޕާޓީއަށް ދައުވަތު ދެއްވާފައިވަނީ ރައީސް މުއިއްޒެވެ. 

އެ ދައުވަތު ގަބޫލުކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކުރި ގަރާރުގައި ބުނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ. 

އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއިދުކޮށް މަސައްކަތްކުރާނެ ކަމަށް ގަރާރުގައިވެ އެވެ. 

އަދާލަތު ފާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގައި މަޝްވަރާ މަޖިލިޙަށް ލިބިދީފައިވާ ބާރުގެ ދަށުން، އަދާލަތު ފާޓީގެ މަޝްވަރާ މަޖިލިހުން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު ގަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އަދާލަތު ޕާޓީ މިހާރު އާ ލީޑަޝިޕަކުން ހިންގަމުންދާއިރު، އެ ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުالله ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް