ads
އާ ޑޮމެސްޓިކް ޓާމިނަލް
އެއާޕޯޓް ގޭޓްކުރިމަތިން ހޮވި 2500 ރުފިޔާގެ ވެރިޔާ ފުލުހުން ހޯދަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކުރީ ޓާމިނަލްގެ ގޭޓް 3 ކައިރި ބޭރު މަގުމަތިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާގެ ވެރިޔާ ހޯދަން ފުލުހުން ފަށައިފިއެވެ.
Advertisement

ފުލުހުން ވަނީ އެކި މައްސަލަތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް މިއަދު އިއުލާންކޮށްފައެވެ. އޭގެތޭރޭގައި ހިމެނެނީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެކި ޕޮލިސް ސްޓޭޝަންގައި ހުރި ތަކެތި ވަކިވަކިން ފުލުހުން މިއަދު ވަނީ އިއުލާންކޮށްފައެވެ. 

މާފަންނު ޕޮލިސް

  • ޖޫން 3 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 688654
  • މެއި 25 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ 5 ރުފިޔާ. އިންސިޑެންޓް ނަންބަރު 687566

 ގަލޮޅު ޕޮލިސް

  •  ޖޫން 1 ވަނަ ދުވަހު ބުލްބުލް ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 މާކަރީ ލައިޓު. އިންސިޑެންޓް ނަންބަރު 688320
  • މެއި 28 ވަނަ ދުވަހު އިސްކަންދަރު މަގު ބޯޅަޖެހި ސްޓޯރު ކައިރިން ހޮވައިގެން ގެނެސްފައިވާ ލޮއިނަރުތަކެއް. އިންސިޑެންޓް ނަންބަރު 687850
  • މެއި 26 ވަނަ ދުވަހު އިސްކަންދަރު މަގު، ރިޔާސީ ހިނގުން ކަންމަތިން ހޮވައިގެން ގެނެސްފައިވާ 1000 ރުފިޔާ. އިންސިޑެންޓް ނަންބަރު 687829

ހެންވޭރު ޕޮލިސް

  • މެއި 29 ވަނަ ދުވަހު ޓެކްސީއެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ރިވްކޯ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 688046

 
އެއާޕޯޓު ޕޮލިސް

  • މެއި 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލް 2، ޓެކްސީ ކިއު އޭރިއާއިން ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅެއް. އިންސިޑެންޓް ނަންބަރު 688036
  • މެއި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 1، ގޭޓް 3 ކައިރި ބޭރު މަގުމަތިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ. އިންސިޑެންޓް ނަންބަރު 687619

މި ތަކެތީގެ ވެރިފަރާތްތަކުން ފުލުހުންނަށް ގުޅާ އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;