ރާއްޖެ އިސްލާމްވީ 2 ރަބީއުލްއާހިރް 1448ގައެވެ. އެގޮތުންް ރާއްޖެ އިސްލާމިވިތާ 900 އަހަރު ފުރޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މުނާސަބަތާއި ދިމާކޮށް ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއެއް ބާއްވަން ނިންމާފައިވާކަމަށެވެ.
އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުންނަށް މި މަހާސިންތާ އަށް މާލެ އައުމުގެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖެއްސުމަށް މަސައްކަތްކުރާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ. އަދި މިި މަހާސިންތާއަށް މައްކާގެ ހަރަމްފުޅުގެ އިމާމު ޑރ ޔާސިރް އައްދައުސަރީ އަށް ދައުވަތު ދޭ ގޮތައް ވެސް ވަނީ ނިންމާފައި މި ދައުވަތު މިހާރު ފޮނުވާފައިވާކަަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓްރީން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ހަތީބުންގެ އިތުރުން ޒުވާން ހާފިޒުން މި މަހާސިންތާގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސާނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ ދަފްތަރު 307 ހާފިޒުން އެބަތިކަމަށާއި ޒުވާން ހަތީބުންގެ މިވަގުތުގެ އަދަދަކީ 532ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރުމަހުގެ ކުރިން އަމާޒުކޮށްފައިވާ 1000 ހަތީބުން ހަމަކުރުމަށްކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވަނީ ޒުވާން ހަތީބުން މި މަހާސިންތާގައި ބައިވެރިވުމަށް އިމާމުކަމުގެ ހެދުމާއި ތާކިހާކޮޅު ތައްޔާރުކުރުމަށް ޒުވާން ހަތީބުންނަށް ގޮވާލައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;