އެމްޓީސީސީން އިއްޔެ އާންމުކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، ގޫގުލް ޕްލޭ މެދުވެރިކޮށް މިހާރު މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ރައްކާތެރި، އިތުބާރުހުރި އަދި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތައް ފަސޭހަކަމާއެކު ބުކް ކުރެވޭނެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މީގެ އިތުރުން، މިހާތަނަށް ބޭނުންކުރަމުން އައި އެމްޓީއެލް ވެބް އެޕްލިކޭޝަން ވަރަށް އަވަހަށް ހުއްޓާލާނެކަން ފާހަގަކޮށް، ވެބް ޕްލެޓްފޯމް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވީހާވެސް އަވަހަކަށް މޯބައިލް އެޕަށް ބަދަލުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވެބް އެޕްލިކޭޝަން ހުއްޓާލަން ނިންމީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ޓެކްސީ ޓްރެކްކުރުމާއި ފައިސާ ދެއްކުމުގެ ފަސޭހަތައް ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ. މި އެޕްލިކޭޝަނަކީ ގްރޭޓާ މާލެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފުކުރި ހިދުމަތެކެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;