ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އައްޔަންކުރީ 2024 ވަނަ އަހަރުގެ 18 ފެބްރުއަރީގައެވެ.
އޭގެ ފަހުން އޭގެ ހަތަރު މަސްފަހުން 7 ޖޫން 2024 ގައި ޝިފާން ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.
މިއަދު ފުލުހުންގެ އާ ތަރުޖަމާނެއް އައްޔަންކޮށް އާއްމުކޮށް އަންގާނެކަން ވަނީ އެނގިފައެވެ.
އަހުމަދު ޝިފާން ތަރުޖަމާނުކަމުން ވަކިކޮށްފައި މިވަނީ އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށައަޅާފައިވަނިކޮށެވެ. އެހެންނަމަވެސް އޭނާ ތަރުޖަމާނުގެ މަގާމުން ވަކިކުުރީ މި ސަބަބާއި ހެދިކަމެއް އަދި ސާފެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;