އާރިފް ތަރުޖަމާނަކަށް ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުރި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު އެމަގާމުން ވަކިކުރުމަށްފަހުއެވެ.
ފުލުހުންގެ ތަރުޖަމާނަކަށް އައްޔަންކުރި އާރިފް މިހާތަނަށް ހުންނެވީ ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓްގައެވެ. އަދި އޭގެކުރުން ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމެންޓްގައިވެސް އިސްކޮށް އަރީފް ވަނީ މަސައްކަތް ކުރައްވާފައެވެ.
ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އައްޔަންކުރީ 2024 ވަނަ އަހަރުގެ 18 ފެބްރުއަރީގައެވެ. އޭގެ ފަހުން އޭގެ ހަތަރު މަސްފަހުން 7 ޖޫން 2024 ގައި ޝިފާން ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.
ސްޕޯކްސްޕާސަންގެ މަގާމުން ވަކިިކުރި ޝިފާނަށް އެހެން ޒިންމާއެއް މިހާތަނަށް ހަވާލުކޮށްފައި ނުވާކަން ވަނީ އެނގިފައެވެ.
އަހުމަދު ޝިފާން ތަރުޖަމާނުކަމުން ވަކިކޮށްފައި މިވަނީ އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށައަޅާފައިވަނިކޮށެވެ. އެހެންނަމަވެސް އޭނާ ތަރުޖަމާނުގެ މަގާމުން ވަކިކުުރީ މި ސަބަބާއި ހެދިކަމެއް އަދި ސާފެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;